Saturday, October 31
މާހެފުމުގެ ބޮޑު އޯޑަރެއް ދިނުމަށް ފަހު އަގު ނުދައްކާ ފިލައިފި

މާލޭގައި މާ ހެފުމުގެ ބޮޑު ކެއުމަކަށް އޯޑަރު ދިނުމަށް ފަހު، އެ ތަކެތި ޑެލިވަރީ ކުރުމުން އަގު ނުދައްކާ ފިލައިފިއެވެ.

ސޯޝަލް މީޑިއާގައި މިރޭ މީހަކު ވަނީ އޭނާއަށް ދިމާވި މި ހާދިސާގެ ތަފްސީލް ހިއްސާ ކޮށްފައެވެ.

އަންހެންމީހާ ބުނިގޮތުގައި މާ ހެފުމަށް ހާއްސަކޮށްގެން އެ މީހުން ހިންގާ ޕޭޖަކަށް، ޝިހާން ނަމަކަށް ކިޔާ މީހަކު މެސެޖްކުރީ ވައިބާއިންނެވެ. އެ މުއާމަލާތްތައް ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އޭގައި ވާ ގޮތުން އޯޑަރުކުރީ އަވެއްޔާއި ކުޅިމަހުގެ ވިހި ތަށި، ކުޅިމަހާއި ރޮށި އެވެ.

އޯޑަރު ދިން މީހާ އެދުނީ އެތަކެތި ދަރުމަވަންތަ ހޮސްޕިޓަލަށް ޑެލިވާކޮށްދިނުމަށެވެ. އަދި ބޭރު ކައުންޓަރާ ދިމާލުން ހޮސްޕިޓަލުގެ ވަކި ތަނެއްގެ ފޮޓޯ ނަގައި، އެތަނުގައި ތަކެތި ބެހެއްޓުމަށް އެދުނު ކަމަށް އަންހެން މީހާ ބުނެފައިވެއެވެ.

އަންހެން މީހާގެ ޕޯސްޓް މިނިސްޓްރީ އޮފް ޖުހާގައި ޝެއާ ކުރެވިފައި
އަންހެން މީހާގެ ޕޯސްޓް މިނިސްޓްރީ އޮފް ޖުހާގައި ޝެއާ ކުރެވިފައި

ޕޭޖު ހިންގާ ފަރާތުން އެ ތަކެތި އެ ތަނުގައި ބަހައްޓާފައި އެ މީހާއަށް ފޮޓޯ ވެސް ފޮނުވި އެވެ. އޯޑަރުދިން މީހާ އެ މަސައްކަތަށް ތައުރީފްކޮށް ޝުކުރު އަދާކުރި އެވެ. އަދި ފައިސާ އެރޭ 9:30ގައި ފޮނުވާނެ ކަމަށް ވެސް ބުންޏެވެ.

އެ އޯޑަރަށް އެރީ 3،000 ރުފިޔާ އެވެ. އެކަމަކު ފައިސާ ދައްކަން ބުނި ވަގުތު ފާއިތުވީ އިރު ވެސް ނުފޮނުވުމުން އެކަމާ ސުވާލުކުރި އެވެ. ނަމަވެސް އޭގެ ފަހުން ކާ އެއްޗެހި ތައްޔާރުކުރި ފަރާތުގެ ފޯނު ނަންބަރު ބްލޮކްކޮށްލީ ކަމަށް އަންހެން މީހާ ބުންޏެވެ.

އަންހެން މީހާ ބުނީ އިތުރު ނަމްބަރު ތަކުން ގުޅައިގެންވެސް ފޯނު ނުނަގާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު