Saturday, October 31
މަރުގެ އިންޒާރު ދިން މީހަކު ހޯދަން އިއުލާން ކޮށްފި

ފުލުހުންގެ ޓެރަރިޒަމް އެންޑް ވައިލެންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މަރުގެ އިންޒާރު ދިން މައްސަލައަކަށް ހާޒިރުވުމަށް މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ހޯދަމުންދަނީ ގދ. ގައްދޫ ރަންކޮކާގެ މުހައްމަދު ޝިޔާމެވެ.

އޭނާ ހޯދަނީ މަރުގެ އިންޒާރު ދިނުމުގެ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭނާ ހޯދަނީ އުޅޭ ތަނެއް ނޭނގުމުގެ ސަބަބުން ހާޒިރުވުމުގެ ޗިޓު ރައްދު ކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް، 2025 ފެބްރުވަރީ 11 ވަނަ ދުވަހުގެ 14:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހާޒިރުވުމަށް ފުލުހުން އޭނާއަށް އަންގާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު