Saturday, October 31
އެއްލައްކައަށް ވުރެ ގިނަ ގޭގެއަށް ކަދުރު ދޫކޮށްފި

އަންނަ ރަމަޟާން މަހަށް ހާއްސަ ކޮށްގެން ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު މިހާތަނަށް އެއް ލައްކަ އަށް ވުރެ ގިނަ ގެއަށް ދޫކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ބަހަން ފެށި ކަދުރުން މާލެ ސަރަހައްދަށް ކަނޑައެޅި ކަދުރު ވަނީ ބަހައި ނިންމާފައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ 46،251 ގެއަކަށް 11،375 ޕެކެޓުގެ ކަދުރު ދޫކޮށްފައިވާ ކަމަށާއި، އެހެން ރަށްރަށުގައި ބަހަން ކަނޑައެޅި 10،788 ކަދުރު 56،461 ގެއަކަށް ދޫކޮށްފައިވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިހާތަނަށް 22،163 ކަދުރު ޕެކެޓު، 102712 ގެއަކަށް ބަހާފައިވާ ކަމަށެވެ.

އަދި މިހާތަނަށް 19 ޖަމިއްޔާއަކުން ކަދުރު ބޭނުންވެގެން ނޯޓު ކޮށްފައިވީ ނަމަވެސް، އެއްވެސް ޖަމިއްޔާއަކަށް އަދި ދޫކޮށްފައި ނުވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖެ އަށް މި ފަހަރު ލިބުނު ކަދުރުން ކޮންމެ 100 ގެއަކަށް ޖެހެނީ 25 ޕެކެޓް ކަދުރެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު