Saturday, October 31
އެއާޕޯޓުން ފޮށިގަނޑެއް ވަގަށް ނެގި މީހަކު ހޯދަން އިއުލާންކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ފޮށިގަނޑެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުންގެ ބުނީ، އެމީހާ އަކީ 2024 ނުވެމްބަރު މަހުގެ 23 ވަނަ ދުވަހު ވީއައިއޭގެ ސީޕްލޭން ޓާމިނަލްގެ ކައުންޓަރު ކައިރީގައި ބަހައްޓާފައި ހުރި ފޮށިގަނޑެއް ވަގަށް ނަގާފައިވާ މީހެއް ކަމަށެވެ.

އަދި އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ އާއި، މިހާތަނަށް އެމީހާ ހޯދިފައި ނުވާތީ ފުލުހުން ވަނީ އެމީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

އަދި ފުލުހުން ވަނީ މި މައްސަލައިގައި ޝައްކުކުރެވޭ މި މީހާގެ ވީޑިއޯ ފުޓޭޖް އާންމުކޮށް މިމީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ 9400056 ނަންބަރަށް ގުޅައި އެ މަޢުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

https://twitter.com/PoliceMv/status/1887061753252745520

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު