Saturday, October 31
މިއަހަރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ: ޝަމްޢާން

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްޝަން މުޙައްމަދު ޝަމްޢާން ވަހީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" މި ފޯރަމްގައި ދެން އެންމެ އަވަހަށް ޕާސްޕޯޓް ގެ ޚިދުމަތް ލިބޭނީ ކޮންރަށެއްގައި ތޯ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޝައްމާން ވަނީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެެއްގައި ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ ކަަމަށެވެ.

" އާއްމުން އެންމެ އަޑުއަހަން ބޭނުންވާ ޖަވާބުކަންނޭގޭ އަޅުގަނޑު ދޭނީ،2025 ވަނަ އަހަރު ނިމުމުގެ ކުރިން  ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ޕާސްޕޯޓްގެ ޚިދުމަތް ލިބޭނޭ" ޝަމްޢާން ވިދާޅުވި އެވެ.

މިދިޔަ އަހަރު ލ އަދި ދ އަތޮޅުގައި ޕާސްޕޯޓްގެ ޚިދުމަތް ދޭން ފަށާފައިވާއިރު މިދިޔަ މަހު ހއ އަތޮޅުުގައިވެސް ޕާސްޕޯޓްގެ ޚިދުމަތް ދޭން އިމިގްރޭޝަނުން ވަނީ ފަށާފައެވެ. މީގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް ، ހދ  އަދި ގދ އަތޮޅުގައިވެސް ޕާސްޕޯޓްގެ ޚިދުމަތް ލިބެއެވެ.

އިމިގްރޭޝަނުން މިހާރު ވަނީ މިއަހަރު ޕާސްޕޯޓްގެ ޚިދުމަތް ދިނުމަށް މަގުޗާޓެއް އެކުލަވާލާ ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު