Saturday, October 31
ފޯޖް ވިސާ އާއި ޕާސްޕޯޓް ބޭނުންކޮށްގެން މީހުން އެތެރެ ކުރުމުގައި ދިވެހިން ޝާމިލްވޭ: އިމިގްރޭޝަން

ފޯރޖް ކޮށްފައިވާ ޕާސްޕޯޓާއި ވިސާބޭނުންކޮށްގެން ރާއްޖެއަށް މީހުން އެތެރެވުމުގައި ދިވެހިންގެ ބައިވެރިވުން ހިމެނޭކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްޝަން މުޙައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" މި ފޯރަމްގައި ޝައްމާން ވިދާޅުވީ  މީގެ ކުރިން ހިންގާ އެފަދަ ކަންކަމުގައި ދިވެހިންގެ ޝާމިލްވުން ހިމެނޭކަން ފާހަގަނުކުރެވުނު ނަމަވެސް މިހާރު ހިނގާ އެފަދަ "ޓްރެންޑް" ތަކުގައި ދިވެހިންގެ ބައިވެރިވުން އޮންނަ ކަމަށެެވެ.

" ފަހަކަސް އައިސް އަޅުގަނޑުމެންނަށް ދިމާވާ ކޭސަސްތަކުގައި ކޮންމެވެސް ވަރަކަށް ދިވެހިންގެ ޝާމިލްވުން އެބައޮތް. މިފަދަ ފަރާތްތަކުގެ މަޢުލޫމާތު އަޅުގަނޑުމެން މިހާރުވެސް ވާނީ ފުލުހުންނައި ހިއްސާކޮށްފައި" ޝާއްމާން ވިދާޅުވިއެވެ.

އެހެން ނަމަވެސް އެއީ ސީދާ އިމިގްރެޝަންގެ މުވައްޒަފުން ކަމެއް އަދި ކިހާ އަދަދެއްގެ ދިވެހިން ކަމެއް ޝައްމާން ފާހަގަނުކުރައްވައެވެ.

ޝައްމާން ވަނީ މިހާރު އިގްރޭޝަން ޤާނޫނު އޮތް ގޮތުން ބައެއް ކަންކަން ހާސިލްކުރުމަށް ގޮންޖެހުންތައް ހުރިކަންވެސް ފާހަގަކުރައްވާފައެވެ. އެހެން ކަމުން އެކަންކަން ހައްލުކުރުމަށްޓަކައި ޤާބޫނެއް މިހާރު ޑްރަފްޓްކޮށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޝައްމާން ވިދާޅުވީ އާ ޤާނޫނު ފާސްވުމުން މުއްސަސާގައި ހުރި ވަރަށް ގިނަ ކަންކަމަށް މިހާރު ނުލިބި ހުރި ޙައްލު ލިބިގެންދާނެ ކަމަށެވެ.

މި ޕްރޮގްރާމުގައި ޝާއްމާން ވަނީ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތާއި އިމިގްރޭޝަނާއި ދޭތެރޭ އޭނާ ގެންގުޅުއްވާ ތަސައްވަރުގެ މައްޗަށް އަދި އާއްމުންގެ ސުވާލުތަކަށް ވެސް ޖަވާުދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު