Saturday, October 31
މާދަމާ ސަރުކާރު ބަންދަސް ޕާސްޕޯޓުގެ ޚިދުމަތްތައް ލިބޭނެ
މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައިވިޔަސް ޕާސްޕޯޓުގެ ޚިދުމަތްތައް ލިބޭނެކަމުގައި އިމިގްރޭޝަނުން ހާމަކޮށްފިއެވެ. މިގޮތުން އިމިގްރޭޝަނުން ވަނީ މާދަމާ ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައްވެސް އާންމުކޮށްފައެވެ. އިމިގްރޭޝަނުން ބުނީ އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށެވެ. ނަމަވެސް އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅޭނީ މާދަމާ 09:00 އިން 13:00 އެވެ. މި ޚިދުމަތް ލިބޭނީ ހަމައެކަނި ކުއްލި ހާލަތްތަކުގައި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ކަމަށް އެ އިދާރާއިން ބުނެއެވެ. މީގެ އިތުރުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ މާދަމާ 08:30 އިން 14:00 އަށެވެ.3 މި ޚިދުމަތްތައް ލިބޭނީ މާލެއާއި ހުޅުމާލޭގައި ހުންނަ އިމިގްރޭޝަންގެ އޮފީސްތަކުންނެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާ ފެބުރުވަރީ މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަމަޖައްސަވައިފައެވެ. މަޖިލިސް ހުޅުވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ. މި ޖަލްސާގައި ރިޔާސީ ބަޔާން އިއްވުން ފިޔަވައި އިތުރު ކަމެއް އެޖެންޑާއެއް ނުކުރާނެއެވެ. ރައީސް އޮފީހުން ނެރުނު ދެންނެވުމުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި ހަމަޖެއްސެވުމާ ގުޅިގެންނެވެ. މިގޮތަށް ނިންމަވާފައިވާއިރު، މިދިޔަ އަހަރު ރައީސް އޮފީހުން ނެރުނު ދެންނެވުމުގައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، މީގެފަހުން ސަރުކާރު ބަންދު ނޫން ދުވަހެއްގެގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވާފައިވާ ކަމަށެވެ. ނަމަވެސް، މި އައު ދެންނެވުމާއެކު ރައީސް އޮފީހުން މިދިޔަ އަހަރު ނެރުއްވި ދެންނެވުން ވަނީ ބާޠިލުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު