Saturday, October 31
ފަތުރުވެރިކަމުގެ ސިނާޢަތާ ބެހޭ މަޝްވަރާތަކަށް ވަޒީރު ޠާރިޤް މަޓީގެ ބޯޑާ ބައްދަލުކުރައްވައިފި
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު، ޠާރިޤް އިބްރާހީމް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޯޑު މެންބަރުންނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ބައްދަލުވުމުގައި ދެކެވުނު ބިނާކުރަނިވި ވާހަކަތަކުގެ އަގުވަޒަންކުރައްވާ ކަމަށާއި، ފަތުރުވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްޤީކުރުމަށް ސިނާޢަތުގެ ބައިވެރިންނާއެކު މަސައްކަތް ކުރެއްވުމަށް ހުންނެވީ ތައްޔާރަށް ކަމަށެވެ. މަޓީ އަކީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި 1982 އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ އަމިއްލަ ޖަމުޢިއްޔާއެކެވެ. މިއީ ފަތުރުވެރިކަމާ ބެހޭ މަސައްކަތްތަކާ ވަޒީރު ހަވާލުވެވަޑައިގެންނެވި ފަހުން މަޓީއާއެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް ޢައްޔަންކުރެއްވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ރައީސް ކެބިނެޓަށް މި ބަދަލު ގެންނެވީ ކުރިން ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ދަރިކަލުން އިބްރާހީމް ފައިސަލް އެ މަޤާމުން ވަކިކުރެއްވުމަށްފަހު އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު