Saturday, October 31
ބެލްޖިއަމްގެ އާ ބޮޑުވަޒީރަށް ރައީސް މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

ބެލްޖިއަމްގެ އާ ބޮޑުވަޒީރު، ބާރޓް ޑެ ވޭވަރއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ބާރޓް ޑެ ވޭވަރ ވަޒީރު ކަމުގެ ހުވައިކުރެއްވުމާ ގުޅިގެން، ރައީސް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ބޮޑުވަޒީރަށް ކާމިޔާބު ދައުރަކަށް އެދިވަޑައިގެންފައި ވެއެވެ.

ރައީސް ވިދާޅުވީ ބާރޓް ޑެ ވޭވަރ ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށްދެއްވާނެ ކަމުގެ އިތުބާރާއި ޔަޤީންކަން އެބަ އޮތް ކަމަށެވެ.

ރައީސްގެ ސިޓީފުޅުގައި ރާއްޖެއާއި ބެލްޖިއަމް އާއި ދެމެދުގައި އޮތް ގާތް ގުޅުމަށް އަލިއަޅުވާލައްވައި ވިދާޅުވީ ބައި ގަރުނެއްހާ ދުވަސްވީ އެކުވެރި ގުޅުމަކީ، ދެފަރާތުގެ މެދުގައި އޮތް އިހްތިރާމާއި، ހެޔޮ އެދުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމަށެވެ.

އަދި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބައިނަލްއަޤްވާމީ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަންވެސް ބެލްޖިއަމްގެ ބޮޑުވަޒީރަށް ރައީސް ދެއްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު