Saturday, October 31
އަހަރީ ފީ އާއި ޖޫރިމަނާ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުޞަތު 20 ފަރާތަކަށް ދީފި
އެއްގަމާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީ އާއި ޖޫރިމަނާ މަހުން މަހަށް ބަހާލައިގެން ދެއްކުމަށް ހުޅުވާލި ފުރުޞަތުގައި 20 ފަރާތަކަށް ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުޞަތު ދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ މިއީ އުޅަނދުތަކުގެ އަހަރީ ފީއާއި ޖޫރިމަނާގެ ފައިސާ އެއްފަހަރާ ދެއްކުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 58 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން 20 ފަރާތަކަށް އެ ފުރުސަތު ދީފައިވާ ކަމަށް މިނިސްޓްރީން މިއަދު ވަނީ ހާމަކޮށްފައެވެ. ޓްރާންޕޮޓް މިނިސްޓްރީން ވަނީ ވަކި ޝަރުތުތަކެއް ހަމަވާ ފަރާތްތަކަށް އަހަރީ ފީއާއި ޖޫރިމަނާގެ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުސަތު މިދިޔަ އަހަރު ޑިސެމްބަރު މަހު ހުޅުވާލާފައެވެ. އެގޮތުން ނުދައްކާ ހުރި ފައިސާގެ އަދަދު 10،000 ރުފިޔާއަށްވުރެ އިތުރުވެފައިވުމާއި، ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވުމުގެ އިތުރުން މީގެ ކުރިން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުޞަތު ދީފައިވާ ފަރާތަކަށް ވެގެން ނުވާނެކަމަށްވެސް އެ ޤަވާޢިދުގައި ވެއެވެ. މީގެ އިތުރުންވެސް ބަހާލައިގެން ފައިސާ ދެއްކުމަށް ހުށައަޅާ މީހަކީ އުޅަނދުގެ ވެރިފަރާތަށް ވެސް ވާންޖެހެއެވެ. މިނިސްޓްރީން  ބުނފައިވަނީ ބަހާލައިގެން ޖޫރިމަނާގެ ފައިސާ ދައްކަން ފުރުސަތު ދޭނީ ކޮމިޓްމަންޓް ފީއެއް ދެއްކުމުން ކަމަށެވެ. އެގޮތުން  މި ފީ 14 ދުވަހުގެ ތެރޭގައި ދައްކަންޖެހޭނެއެވެ. މި މުއްދަތުގައި ފީ ދައްކައިފިނަމަ، ބަހައިލައިގެން ފައިސާ ދެއްކުމަށްޓަކައި އެކަމަށް ހުށައަޅާ ފަރާތާއި މިނިސްޓްރީ އާއި ދެމެދު އެއްބަސްވުމެއް އެކުލަވާލެވޭނެއެވެ. މި އެއްބަސްވުމުގައި، ކޮންމެ މަހަކު ދައްކަންޖެހޭ އިންސްޓޯލްމަންޓްގެ އަދަދު ކަނޑައަޅާނީ ކޮމިޓްމަންޓް ފީގެ ގޮތުގައި ދެއްކި އަދަދު އުނިކުރުމަށްފަހުގައެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، އެއްބަސްވުން ބާޠިލުކުރުމުގެ މިނިސްޓްރީއަށް ލިބިގެންވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު