Saturday, October 31
ކައުންސެލަރުންނާއި ސޯޝަލް ވޯރކަރުން ތަމްރީން ކުރުމަށް އެމްއެންޔޫ އާއި އެންޑީއޭ އިން ޝަވަރާކޮށްފި
ނޭޝަނަލް ޑްރަގް އެޖެންސީން އަތޮޅުތެރޭގެ ރަށްރަށުގައި ޒުވާނުންނަށް ޚާއްސަކުރެވިގެން ޕްރޮފެޝަނަލް ކައުންސެލަރުންނާއި ސޯޝަލް ވޯރކާރސް ތަމްރީނުކުރުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި އެކު މަޝްވަރާކޮށްފިއެވެ. މި ކަމާއި ގުޅޭގޮތުން މަޝްވަރާކުރެވުނީ ޑްރަގް އެޖެންސީން ދެމުންދާ ޚިދުމަތް ފުޅާކުރެއްވުމަށް ޚިދުމަތް ފުޅާކުރުމުގައި ހުރިގޮންޖެހުންތަކަށް ހައްލު ހޯއްދެވުމުގެ މަސައްކަތްތަކުގެ ތެރެއިން، ދެ އިދާރާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ. މީގެ އިތުރުން  މިބައްދަލުވުމުގައި ޤައުމީ ޔުނިވާސިޓީއާއި ޑްރަގް އެޖެންސީއާއި  ގުޅިގެން ނޭޝަނަލް ޕްރިވެލަންސް ޑްރަގް ސަރވޭއެށް ހެދުމުގެ ދިރާސާތައް ކުރިއަށް ގެންދިއުމާއިމެދު މަޝްވަރާތަކެއްވެސް ކުރިއަށް ގެންދެވުނު ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީން މައުލޫމާތުދެއްވައެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާ ދޭ ކައުންސިލަރުން ލިބުމުގައި ދަތިތައް ފާހަގަކުރައްފާ އެންޑީއޭ އިން ވިދާޅުވެފައިވަނީ ވޭތުވެދިޔަ 10 އަހަރުގެ  ތެރޭގައި ކައުންސިލަރުން ބިނާކޮށްފައިނުވާ ކަމަށާއި ރާއްޖޭގައި ކައުންސިލިންގ ކިޔަވައިގެން ތިބޭ ގާތްގަނޑަކަށް 150 މީހުން ކަމަށެވެ. މިއަހަރު އެންމެ ބޮޑު އިސްކަންދޭ ކަންކަމުގެ ތެރެގައި އެންޑީއޭގެ ސެންޓަރުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ޑްރަގް އެޖެންސީ ން ދަނީ މަސައްކަތް ކުރަމުންނެެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު