Saturday, October 31
މާލޭގެ މަގެއްގައި ހަމަނުޖެހުމެއް ހިންގައިފި

މާލޭގެ މަގެއްގައި ބަޔަކު މީހުން ހަމަނުޖެހުމެއް ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މާލޭ ބޮޑުރަސްގެފާނު މަގުގައި ބައެއްގެ މެދުގައި ހަމަނުޖެހުމެއް ހިނގި ކަމުގެ ރިޕޯޓު މިއަދު 17:45 ހާއިރު ލިބިފައިވާ ކަމަށާއި، ފުލުހުން އެ ސަރަހައްދަށް ދިޔައިރު ހަމަނުޖެހުން ހިންގި މީހުން އެތަނުން ގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި މި ހަމަނުޖެހުން ހިނގާފައިވަނީ އަންހެނަކާއި ފިރިހެނެއްގެ ދެމެދުގައި ހިނގި ދެބަސްވުމެއްގެ ތެރެއިންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު