ހުޅުމާލޭގައި ބާއްވަން އުޅުނު ޕޮންގަލް ފެސްޓިވަލް ހުއްޓުވާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އެކްސްގައި ހިއްސާ ކުރި ބަޔާނެއްގައި ބުނީ މި ހިނގާ ފެބްރުއަރީ 7 ވަނަ ދުވަހު "ޕޮންގަލް 2025" ނަމުގައި ބޭއްވުމަށް ރާވަމުންދިޔަ ފެސްޓިވަލް ނުބޭއްވޭނެކަމަށް އެ ފެސްޓިވަލް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަމާބެހޭ އިދާރާތަކުން އަންގާފައިވާނެ ކަމަށެވެ.
އަދި އެ ފެސްޓިވަލް މިހާރު ކެންސަލްކޮށްފައިވާ ކަމަށް އިންތިޒާމު ކުރި ފަރާތްތަކުން މައުލޫމާތު ދިން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މިފަދަ ހަރަކާތްތައް ހިންގާނަމަ ދިވެހި ފުލުހުންގެ ޚިދުމަތުން އެކަން ހުއްޓުވާނެ ކަމަށެވެ.
https://twitter.com/PoliceMv/status/1886123319084400965
ޕޮންގަލް ފެސްޓިވަލް އަކީ ހިންދީ ދީނުގައި، އެމީހުން ޤަބޫލުކުރާ އިރުކަލާނގެއަށް ޝުކުރު އަދާކުރުމުގެ ގޮތުން ފާހަގަކޮށްއުޅޭ ދުވަސްތަކެއް ކަމަށާއި، ޝިރުކުގެ ޢަމަލެއް ކަމަށް ދީނީ އިލްމުވެރިން ބުނެއެވެ.






