Saturday, October 31
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުކަމުން ވަޖީހު ވަކިކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރުކަމުން މުހައްމަދު ވަޖީހު އިބްރާހިމް، ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކްސް ގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަގާމުން ވަޖީހު މިއަދު ވަކިކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

https://twitter.com/pcb_gov/status/1886096848743764474

ވަޖީހު އެމްޕީއެލްގެ އެމްޑީކަމުގެ މަގާމަށް އައްޔަނުކުރެއްވީ، 2023 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.

ވަޖީހު އެމްޕީއެލުން ވަކިިކުރިއިރު، ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންދަވަނީ ސަރުކާރުގެ ބައެއް މަގާމުތަކަށް ބަދަލު ގެންނަވަމުންނެވެ. މިގޮތުން މިދިޔަ ހަފްތާގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފައިސަލްވެސް ވަނީ މަގާމުން ވަކިކުރައްވާފައެވެ.

ވަޖީހު މަގާމުން ވަކިކުރެއްވިއިރު އޭނާގެ ބޭފުޅަކު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ދަރިކަނބަލަކާ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު