Saturday, October 31
ހިލަވެއްޔާއި ސިމެންތި ހިފައިގެން ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

ހިލައާއި ހިލަވެލި އަދި ސިމެންތި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފިއެވެ.

ވެނިސް ނަމަކަށް ކިޔާ އެ ދޯނި ދަތުރުކުރަމުން ދިޔައީ މާލެއިން ފުރައިގެން ހއ. އަތޮޅަށް ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އެމްއެންޑީއެފް އިން ބުނީ، ހިލައާއި ހިލަވެލި އަދި ސިމެންތި ބަރުކޮށްގެން ދަތުރުކުރި ވެނިސް ނަމަކަށް ކިޔާ 100 ފޫޓުގެ ސަޕްލައި ދޯންޏެއް ނ. މާވައިދޫ ކައިރީން ފަރަށް އެރިކަމުގެ ރިޕޯޓު ލިބިފައި ވަނީ ދަންވަރު 03:59 ހާއިރު ކަމަށެވެ.

ދޯނި ފަރަށް އެރި އިރު ދޯނީގައި 13 ފަޅުވެރީން ތިބި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު