Saturday, October 31
ބޮޑެތި ޑިސްކައުންޓްތަކާއި އެއްކޮށް އެސްޓީއޯ "ރޯދަ ސޭލް" ފަށައިފި

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ކޮންމެ އަހަރަކުވެސް ބައްވާ "ރޯދަ ސޭލް" މި އަހަރުވެސް ފަށައިފިއެވެ.

ރޯދަ މަހަށް ހާއްސަކޮށް ފެށި މި އަހަރުގެ ސޭލް އެސްޓީއޯއިން ކުރިއަށް ގެންދަނީ ވެލިގާ ހާޑްވެއާއާއިވެސް ގުޅިގެން، މިއަދުން ފެށިގެން މާރިޗް މަހުގެ 31 ގެ ނިޔަލަށެވެ.

އެސްޓީއޯއިން ބުނިގޮތުގައި، މިޕްރޯމަޝަންގައި ކޮންމެ 500ރ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެން ދާނެއެވެ. އަދި މި އަހަރުގެ ބޮޑު އިނާމެއްގެ ގޮތުގައި، ގުރުއަތުން ހޮވޭ އެއް ނަސީބު ވެރިއަކަށް 50,000 ރުފިޔާގެ އަގުހުރި މުދާ ލިބިގެން ދާނެއެވެ.

އަދި ޕްރޮމޯޝަންގައި ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުން ހާއްސަ ޑިސްކައުންޓް ކަސްޓަމަރުންނަށް ލިބިގެން ދާނެކަމަށާއި، މިގޮތުން ނިޕޯން ޕެއިންޓް އިން %20 އަދި މަކިޓާގެ ޕްރޮޑަކްޓްތަކުން %50 ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

މިއަހަރުގެ މި ރޯދަ ސޭލް ފައްޓަާ ދެއްވީ ޑިރެކްޓަރ އޮފް ކޮންސްޓްރަކްޝަން ސޮލިއުޝަންސް އަލްފާޟިލް މުހައްމަދު އީމާން އަދި ވެލިގާ ހާޑްވެއަރ ގެ ޑިރެކްޓަރ އަލްފާޟިލް ޒައިދު މުހައްމަދެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު