ހުޅުމާލޭގެ ގާޒީ ސްކޫލް ކުރިމަތީގައި ހުރި ބިން ހުސްކުރަން ޖެހިފައިވާތީ، އެ ބިމުގައި ބަހައްޓާފައިވާ ވެހިކަލްތައް ނެގުމަށް ފުލުހުން އަންގައިފި އެވެ.
ފުލުހުން އެކްސްގައި ހިއްސާ ކުރި ޕޯސްޓުގައި އެންގީ ހުޅުމާލޭ ޣާޒީ ސްކޫލް ކުރިމަތީ އޮންނަ ބިން 2025 ފެބުރުވަރީ 2 ވަނަ ދުވަހުގެ ކުރިން ހުސްކުރަންށާއި، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އެންމެހައި އުޅަނދާއި ބަހައްޓާފައިވާ އެހެނިހެން ތަކެތި ނެގުމަށެވެ.
ފުލުހުން އިތުރަށް ބުނީ މި ތާރީހުގެ ފަހުން އެ ސަރަހައްދުގައި ބަހައްޓާފައި ހުންނަ ތަކެތި އެހެން ސަރަހައްދުތަކަށް ބަދަލުކުރެވޭނެ ކަމަށެވެ.
އަދި އުޅަނދާއި ބަހައްޓާފައިވާ އެހެނިހެން ތަކެތި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންނަން ޖެހޭ ހާލަތްތަކުގައި ބެލުމުގެ ދަށަށް ގެންނާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
https://twitter.com/PoliceMv/status/1885693296543936704






