Saturday, October 31
އައިޖީއެމްއެޗުގެ ލެބޯޓްރީގެ ހިދުމަތް ފަށާ ގަޑި ބަދަލުވެއްޖެ

އައިޖީއެމްއެޗުގެ ލެބޯޓްރީގެ ހިދުމަތް ފަށާ ގަޑިތަށް ބަދަލުވެއްޖެ އެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗުން ނެރުނު އިއުލާނެއްގައި ބުނީ 2025 ފެބުރުއަރީ 2 ވާ އާދިއްތަ ދުވަހުން ފެށިގެން ލެބޯޓްރީގެ ހިދުމަތް ދޭނީ 7:30 އިން 10:00 އަކަށް ކަމަށެވެ.

ކިއު ނަންބަރު ދޫކުރާނީ ހެނދުނު 7:00 އިން ފެށިގެން ރޭގަނޑު 9:30 އަށް ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

އަދި އިމަރޖެންސީކޮށް ހަދަން ޖެހޭ ޓެސްޓްތަށް ހެދުމުގެ ހިދުމަތްތަށް ކުރިއެކޭވެސް އެއްގޮތަށް، 24 ގަޑިއިރު ދެމުން ދާނެ ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.

ކުރިން އައިޖީއެމްއެޗުން ލެބޯޓްރީގެ ހިދުމަތް ދެނީ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 10:00 އަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު