ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހދ. ހިރިމަރަދޫ ރައްޔިތުން އެދިވަޑައިގަތްގޮތަށް، އެރަށު ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ މަޝްވަރާތައް މިއަދު ފައްޓަވާފައިވާ ކަމަށެވެ.ހދ. ހިރިމަރަދޫ ރައްޔިތުން އެދިވަޑައިގަތްގޮތަށް، އެރަށު ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައިފި.
— Heena Waleed (@MvSpokesperson) February 1, 2025
"މަސައްކަތް ކުރާނެގޮތުގެ މަގުޗާޓް އެކުލަވާލައި، ޢަމަލީ މަސައްކަތް ލަސްތަކެެއް ނުވެ ފަށާނަން"، ވަޒީރު ވިދާޅުވިއެވެ. ހިރިމަރަދޫ އަކީ ހދ. އަތޮޅުގެ އެންމެ ކުޑަ ރަށް ކަމަށްވާއިރު، އެންމެ ފަހުގެ ބޯހިމުނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ރަށުގެ އާބާދީ އަކީ 293 މީހުންނެވެ. އެ ރަށުގެ އާބާދީ މަދުވުމުގެ ސަބަބުން އެ ރަށު މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެތައް ފަހަރެއްގެ މަތިން އެދިފައިވެއެވެ. އަދި އެ ރަށު ކައުންސިލުންވެސް ވަނީ މީގެ ކުރިން އެ ރަށު ރައްޔިތުން ކ. އަތޮޅު ތުލުސްދޫ އަށް ބަދަލުކޮށްދިނުމަށްވެސް އެދިފައެވެ. ސަރުކާރުން މިއަދު މި ނިންމެވި ނިންމެވުމަކީ ހިރިމަރަދޫގެ ރައްޔިތުންނަށް ލިބޭ ހިތްހަމަޖެހުމަކަށް ވެގެންދާނެއެވެ.ހދ. ހިރިމަރަދޫ ރައްޔިތުން އެދިވަޑައިގަތްގޮތަށް، އެރަށު ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެގޮތުގެ މަޝްވަރާތައް މިއަދު ފަށައިފިން. މަސައްކަތް ކުރާނެގޮތުގެ މަގުޗާޓް އެކުލަވާލައި، ޢަމަލީ މަސައްކަތް ލަސްތަކެެއް ނުވެ ފަށާނަން. pic.twitter.com/tOwQ8oo44O
— Adam Shareef Umar (@Adamshareefz) February 1, 2025






