ޤާނޫނު އަސާސީގެ ދިފާޢުގައި ކަމަށް ބުނެ އެމްޑީޕީން ހަދަނީ ދޮގު ކަމަށާއި، ވެރިކަމުން ބޭލީމަ އެ އުޅެނީ ހަޖަމު ނުވެގެން ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޤާނޫނު އަސާސީގެ ދިފާޢުގައި ކަމަށް ބުނެ އެމްޑީޕީން ހަދަނީ ދޮގު ކަމަށާއި، ވެރިކަމުން ބޭލީމަ އެމްޑީޕީން އުޅެނީ ހަޖަމު ނުވެގެން ކަމަށެވެ.
“ދިވެހި ރައްޔިތުންނާއި މިޤައުމު ފުޑާލާފަ އޮތީ ތިބޭފުޅުން. ހައްޤުވެރިން އަތުން ފުލެޓާއި ނުހައްޤުން ބިން ބަހާފަ އޮތީވެސް ހަމަ ތިބޭފުޅުން. ދެންވެސް ބަލި ކުރާނަން. އިންޝާالله”. ޝުޖާއު ވިދާޅުވިއެވެ.
https://twitter.com/IbrahimShujaau/status/1885362075654119877
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ މުޒާހަރާގައި ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ޝުޖާއު އިތުރަށް ވިދާޅުވީ ސަރުކާރުން އަބަދުވެސް ބިނާކުރަނިވި ފާޑުކިޔުންތައް ބަލައިގަންނަ ކަމަށާއި، ނަމަވެސް މިރޭ އެމްޑީޕީ އަށް ލިބިފައިވާ މިންވަރަށްވެސް ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމެއް އޭރުގައި އިދިކޮޅުގައި ތިބި އިރު ލިބިފައި ނެތް ކަމަށެވެ.
https://twitter.com/IbrahimShujaau/status/1885365552727941505
ވީމާ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލާ، އެއަސާސްތައް ފުޑާލެއްވީ އެމްޑީޕީން ނޫންތޯ ޝުޖާއު ވަނީ ޝާހިދުގެ އަރިހުން ސުވާލުކުރައްވާފައެވެ.






