Saturday, October 31
ދިމްޔާތުގެ އެއްވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުގެ އެއްވަނަ ފަންގިފިލާއިން ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.

މައުލޫމަަތު ލިބޭގޮތުގައި ވެއްޓުނީ ދިމްޔާތުގެ އެއްވަނަ ފަންގިފިލާ ބޭރުގައި ކުލަލާން އުޅުނު އިންޑިއާ ފިރިހެނެކެވެ. އަދި އެމީހާއަށް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.

މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 5:00 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ މި ހާދިސާގެ ވީޑިއޯއަކުން ފެންނަނީ ވެއްޓުނު އިންޑިއާ މީހާ ހަތަރު މީހެއްގެ އަތްދަނޑި މަތީގައި އައިޖީއެމްއެޗަށް ގެންދާ މަންޒަރެވެ.

އިމާރާތުން ވެއްޓުނު މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ނުދެއެވެ. ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު