Saturday, October 31
ބިދޭސީއެއްގެ އަތުން ފޭރުނު ދެމީހުންގެ ބަންދަށް ދިހަ ދުވަސް

ގުލާބީ ގޯޅީގައި ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ހ.ރެދަން، ފަވާޒް ކަޅު ތުއްތު 36އ އަދި ތ. ތިމަރަފުށި، ލަކީ ހައުސް، ސޮފްވާން އަލީ 36އ އެވެ.

ފުލުހުން ބުނީ މި ދެމީހުންގެ ބަނދަށް ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ 10 ދުވަހަށް އެދެމީހުން ބަންދުކުރަން އަމުރުކޮށްފައި ކަމަށެވެ. މި ދެމީހުން ހައްޔަރު ކުރީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ފުލުހުން ބުނިގޮތުގައި މިދެމީހުން ވަނީ ބިދޭސީ މީހާގެ 33،500 ރުފިޔާ ފޭރިގަނެފައެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު