Saturday, October 31
އަލީ ރަމީޒް އާ ޖަމިއްޔާއެއް އުފައްދައިފި

ސަލަފް ޖަމިއްޔާއިން ވަކިވުމަށް ފަހު އަލީ ރަމީޒް އާ ޖަމިއްޔާއެއް އުފައްދައިފިއެވެ.

"މަންފާ" ނަމަކަށް ކިޔާ މި ޖަމިއްޔާގެ މަގްސަދަކީ އިސްލާމްދީނުގެ ރިވެތި ވަޢުޡުތަކާއި އިރުޝާދުތައް މުޖުތަމައުއަށް ފޯރުކޮށްދިނުމާއި، އިސްލާމީ އަޤީދާ ދެމެހެއްޓުން ކަމަށް މީސްމީޑީއާގައި ކުރި ޕޯސްޓެއްގައި އަލީ ރަމީޒް ބުންޏެވެ.

މީގެ އިތުރުން، ދީނީ، އިންސާނީ އަދި އިޖުތިމާއީ ދާއިރާތަކުން އިސްލާމީ އުންމަތަށް ފައިދާ ހޯދައިދިނުމަށް މަސައްކަތް ކުރުމަކީވެސް މި ޖަމިއްޔާގެ މުހިންމު މަގްސަދެއް ކަމަށް އަލީ ރަމީޒް ބުނެފައިވެއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ޖަމިއްޔަތުއް ސަލަފުން އަލީ ރަމީޒު ވަކިވެފައިވާއިރު، އެ ޖަމިއްޔާއިން އޭނާ ވަކިވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އަލީ ރަމީޒަކީ ގިނަ އަހަރުތަކެއް ވަންދެން ދީނީ ކަންކަމުގައި މަސައްކަތް ކުރައްވަމުން އަންނަ، ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޚިދުމަތްތެރިއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު