Saturday, October 31
ބިދޭސީއެއްގެ އަތުން ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި

ބިދޭސީއެއްގެ އަތުން ފޭރުނު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ގުލާބީ ގޯޅީގައި ދެމީހަކު ވެގެން ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއް ރޭ 2.12 އެހާކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ދެމީހުން 33،500 ރުފިޔާ ފޭރުނު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ހ.ރެދަން، ފަވާޒް ކަޅު ތުއްތު 36އ އަދި ތ. ތިމަރަފުށި، ލަކީ ހައުސް، ސޮފްވާން އަލީ 36އ އެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު