Saturday, October 31
އެމެރިކާގެ ފްލައިޓަކާއި ހެލިކޮޕްޓަރެއް ޖެހުނު ހާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި
އެމެރިކާގެ ވޮޝިންގްޓަން ޑީ.ސީއާ ކައިރި ރޯނަލްޑް ރީގަން ވޮޝިންގްޓަން ނޭޝަނަލް އެއާޕޯޓުގައި ޖައްސަން އުޅުނު އެމެރިކަން އެއާލައިންސްގެ ފްލައިޓެއް އެ ޤައުމުގެ އަސްކަރީ ހެލިކޮޕްޓަރަކާ ޖެހި ހިނގި ހާދިސާ އާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. މިގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، މި ހާދިސާގައި ފުރާނަ ގެއްލިދިޔަ މީހުންގެ ޢާއިލާތަކަށާއި، އެމެރިކާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ހިތާމައިގެ ދަނޑިވަޅުގައި ދިވެހި ރައްޔިތުން އެމެރިކާއާއެކު ދެމިތިބިކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވާފައިވެއެވެ. މި ހާދިސާ ހިނގިއިރު އެމެރިކަން އެއާލައިންސްގެ ފްލައިޓުގައި 60 ފަސިންޖަރުންނާއި ހަތަރު ފަޅުވެރިން ތިއްބެވެ. އަދި ހެލިކޮޕްޓަރުގައި ތިބީ ތިން ހަނގުރާމަވެރިންނެވެ. މި ހާދިސާގައި ބޯޓުގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިން ގެއްލިފައިވާއިރު، އެއްވެސް މީހަކު ސަލާމަތްވާނެ ކަމަކަށް ނުބެލެވޭ ކަމަށް ވޮޝިންގްޓަންގެ ފަޔަރ ޗީފް، ޖޯން ޑޮނެލީ ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓު

  1. ނަން އިބްރާހިމް ފަޒީލް - 2025-02-01T06:12:21

    މުސްލިމުންނަ ކިތަންމެ ބޮޑެތި ގެލުންދޭ ރުޑިންތަކައްވެސް މިޅާސަޖިދަ ކުރޭ

  2. ނައިއްބެން - 2025-01-31T14:41:31

    ފަލަސްތީނުގައި ދުވާލަކު 20 30 40. 50 މީހުންމަރަމުންދިޔައިރު. ފަލަސްތީނުގެރައީސަށް ތަޢުޒިޔާގެމެސެޖެއްފޮނުވިންތޯ ރައީސަށްސުވާލުދަންނަވަމެވެ