Saturday, October 31
ވަގަށް ބޭރުކުރަން އުޅުނު 582 ކިލޯގެ މިޔަރު މަހާއި މަޑިމަސް އަތުލައިގެންފި

ރާއްޖެއިން ވަގަށް ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު މަހާއި މަޑިމަސް އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހު ކަސްޓަމްސްއިން ބަލާފާސްކުރި މުދާ ޝިޕްމެންޓެއްގެ ތެރެއިން ޖުމުލަ 582 ކިލޯގެ މިޔަރު މަހާއި މަޑި މަސް ހުރި 45 ފޮށިގަނޑު ފެނިފައިވާ މައްސަލައެއް ތަޙުޤީޤުކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އެ ޝިޕްމެންޓް ކަސްޓަމްސްއަށް ޑިކްލެއަރ ކޮށްފައިވަނީ "ދަ ކްރިސްޓަލް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކުން ކަމަށް އެ މުއައްސަސާއިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ މިކަމާ ގުޅިގެން ކަސްޓަމްސްއާއި ކަމާބެހޭ އެހެން އިދާރާތަކުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު 22 ޑިސެންބަރު 2024 ގައި ހު އެ ތަކެތި ނައްތާލާފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު