Saturday, October 31
ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

މި މީހާ ހޯދަމުން ދަނީ އުޅޭތަނެއް ނޭނގި ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހޯދަމުން ދަނީ ޢަލީ ޔާސިރު، ޖޫދާގެ / ގއ.ކަނޑުހުޅުދޫ (42އ) އެވެ.

ފުލުހުން ބުނީ ތަހުގީގަށް މި މީހާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ.

ޢަލީ ޔާސިރު ހާޒިރު ކުރަނީ މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް، 2025 ފެބްރުވަރީ 5 ވަނަ ދުވަހުގެ 11:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހާޒިރުވުމަށް ފުލުހުން ޢަލީ ޔާސިރުއަށް އަންގާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު