Saturday, October 31
އައްޑޫ ސިޓީ ހަންކެޑެ ބުރިޖު ހޮނިހިރު ދުވަހު ހުޅުވަނީ
އައްޑޫ ސިޓީ ހަންކެޑެ ބުރިޖު އަންނަ ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވާލާނެ ކަމަށް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން ބުނީ ހަންކެޑެ ޑީޓުއަރ ލިންކް ރޯޑް, 1 ފެބުރުވަރީ 2025 ވާ ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވާލާނެ ކަމަށާއި، މަޝްރޫޢަކީ އައްޑޫ ރޯޑް އެންޑް ސްޓޯމް ވޯޓަރ ޑްރެއިނޭޖް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ނިންމާފައިވާ މަޝްރޫޢެއް ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ އިންޑިއާގެ އެގްޒިމް ބެންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަންކެޑެ ބުރިޖުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، ބުރިޖުގެ ޢަމަލީ މަސައްކަތް ނިންމައި ދިވެހި ސަރުކާރާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައެވެ. 1.4 ކިލޯމީޓަރުގެ މި ބުރިޖަކީ ހަތަރު ލޭނަށް ތަރައްޤީކޮށްފައިވާ ބުރިޖެކެވެ. މިއީ އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫޢާ އެކީ ކުރިއަށްގެންދިޔަ މަސައްކަތެކެވެ. އައްޑޫގެ އެތެރޭގެ މަގުތައް ހިމެނޭހެން ކުރިއަށްގެންދާ މި މަޝްރޫޢަށް 1.19 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެ ވުޒާރާއިން ކުރިން ހާމަކުރި ގޮތުގައި ބުރިޖު ހުޅުވުން ލަސްވަނީ ޓެކްނިކަލް ސާވޭތައް ކުރިއަށްދާތީ އެވެ. ބުރިޖު ހުޅުވުން ލަސްވުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލާއި އެ ސިޓީގެ ރައްޔިތުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު