Saturday, October 31
ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ

ހުޅުމާލޭގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމް.އެން.ޑީ.އެފްއިން ބުނެފިއެވެ.

ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް-3 ފަރުކޮޅުފުށި ދިމާ ބޭރު ސަރަހައްދުގައެވެ. އެގޮތުން މިރޭ 20:00 އިން ފެށިގެން 3 މިނެޓުގެ ވަގުތަކަށް ހަވާއެރުވުން ކުރިއަށްދާނެކަމަށް އެމް.އެން.ޑީ.އެފްއިން ބުނެފައިވެއެވެ.

މިއީ އަމިއްލަ ފަރާތެއްގެ އިވެންޓަކާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. އެމް.އެން.ޑީ.އެފްއިން މީގެ ކުރިންވެސް އަމިއްލަ ފަރާތްތަކުން ބާއްވާ ތަފާތު ޙަފްލާތަކުގައި މާލެއާއި ބައެއް ރަށްރަށުގައިވެސް ހަވާ އަރުވައިދީފައިވެއެވެ.

އަދި ރާއްޖޭގައި ފާހަގަކުރާ ބައެއް ހާއްސަ ހަފްލާތަކާއި ދިމާކޮށްވެސް ހަވާ އެރުވުން ކުރިއަށްގެންދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު