Saturday, October 31
ކިތަންމެ އެއްޗެއް އަޅުގަނޑާ ދިމާލަށް އަދި ސަރުކާރާ ދިމާލަށްވެސް ކިޔުމަކީ މައްސަލައެއް ނޫން: ރައީސް

ސިޔާސީ ހަމަޖެހުން ގައުމަށް އައުމަށް ބޭނުންފުޅުވާ ކަމަށާއި، ހިޔާލު ފާޅުކޮށް ސަރުކާރަށް ފާޑުކިޔުން ހިމެނޭހެން ގާނޫނުތަކުގައި މަނާނުކުރާ ކޮންމެ ކަމެއް ކުރުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށް ވެސް މި ސަރުކާރުގައި ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ހއ. ގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ދިއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

"ކިތަންމެ އެއްޗެއް އަޅުގަނޑާ ދިމާލަށްވެސް ސަރުކާރާ ދިމާލަށްވެސް ކިޔުމަކީ މައްސަލައެއް ނޫން. އެހެން ނަމަވެސް މިއީ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ގާއިމުވެފައިވާ ގައުމެއް ވީމާ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި އޮންނަ ހަމަތައް އެއީ އެންމެންވެސް ގަބޫލުކުރަންޖެހޭނެ ކަންކަން. ރިވެތި އަަަހްލާގު އިސްކުރަންޖެހޭނެ. ރިވެތި ބަހުރުވައިން ވާހަކަދައްކަންޖެހޭނެ. ކޮންމެ ރައްޔިތަކީވެސް ހުރުމަތްތެރިވެގެންވާ ރައްޔިތެއްކަން ގަބޫލުކުރަންޖެހޭނެ. ކޮންމެ މީހެއްގެވެސް އަބުރެއް އޮތްކަން ގަބޫލުކުރަންޖެހޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީގޮތުން ހިޔާލުތަފާތުވުމަކީ އަނެކާ ނިކަމެތިކޮށްލާ ކުޑައިމީސްކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ގައުމަށް ކުރިއެރުން އަންނާނީ އެންމެން ގުޅިގެން ރިވެތި އަހްލާގާއެކު ގައުމީ ވިސްނުމެއްގައި މަސައްކަތް ކޮށްގެން ކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު ދިއްދޫގެ އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން ވަނީ ސަރުކާރަށް ފާޑުކިޔައި ރަށު ތެރޭގައި ގިނަ ބެނާތަކެއް ދަމައިފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު