Saturday, October 31
ރަމަޟާން މަހަށް އެއްގެއިން އަނެއްގެއަށް ތަކެތި ހަދިޔާ ކުރަން އެޗްޑީސީން ކެމްޕޭނެއް ފަށައިފި

ރަމަޟާން މަހަށް އެއްގެއިން އަނެއްގެއަށް ތަކެތި ހަދިޔާ ކުރަން އެޗްޑީސީން ކެމްޕެއިންއެއް ފަށައިފި އެވެ.

މިކަމާ ގުޅިގެން އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ އެއްގެއިން އަނެއްގެއަށް" ނަމުގައި ކުރިއަށް ގެންދާ މި ކެމްޕެއިނަކީ، ގޭބީސީތަކުން އުކާލާ ތަކެތީގެ ތެރެއިން، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި އުކާލުމުގެ ބަދަލުގައި، އެ ތަކެތި ބޭނުންވާ އެހެން ފަރާތަކަށް ހަދިޔާ ކުރުމަށް ކުރިއަށްގެންދާ ކެމްޕެއިންއެއް ކަމަށެވެ.

އެޗްޑީސީން ބުނިގޮތުގައި މި ޕްރޮގްރާމަށް ހުޅުމާލޭގެ ކޮންމެ ގެއަކުންވެސް ތަކެތި ހަދިޔާ ކުރެވޭނެއެވެ. އަދި އެ ޕްރޮގުރާމް ބޮޑަށް އަމާޒުކުރަނީ ބޭނުންކޮށްފައިވާ އަދި ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް ފަދަ ތަކެއްޗެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދެ ހަފުތާގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގުރާމުގެ ދަށުން ގޭގެއިން ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށާއި އެގޮތުން ގޭގެއިން ތަކެތި ނެގުން ހުއްޓާލާނީ އަންނަ މަހުގެ 16 ވަނަ ދުވަހު ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ ތަކެތި ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ފަހުގައި ބާކީ އެއްވެސް އެއްޗެއް ހުރެއްޖެ ނަމަ، އެތަކެތި ދޫކުރާނީ ބޭނުންޖެހިފައިވާ ފަރާތްތައް ދެނެގަތުމަށްފަހު، އެ ފަރާތްތަކަށް ކަމަށެވެ.

ޕްރޮގުރާމަށް ތަކެތި ހަދިޔާކުރަން ބޭނުންނަމަ، ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ، އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އެޗްޑީސީން އެދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު