Saturday, October 31
ސްނޯކްލިން އަށް ދިޔަ އިންޑިއާ މީހަކު ގެއްލިގެން ހޯދަނީ

ރ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފަކު ސްނޯކްލިން އަށް ގޮސްއުޅެނިކޮށް ގެއްލިގެން ހޯދަން ފަށައިފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ރ.އަތޮޅު ގައި ހިންގާ ރިސޯޓެއްގެ މުވައްޒަފަކު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް އިއްޔެ 15:35 އެހާކަންހާއިރު ގެއްލިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ހަވީރު 4:09 ގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ގެއްލިގެން ހޯދަމުން ދަނީ އިންޑިއާ އަށް ނިސްބަތްވާ ޕަރަމްޖީތު ސިންހް ރާވަތު ނަމަކަށް ކިޔާ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު