Saturday, October 31
ގާފަރުގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފި

ކ. ގާފަރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިއަދު ހެނދުނު 07:05 ހާއިރު ގާފަރު މަގުމަތިން ދިޔަ ބަންގްލަދޭޝް މީހެއްގެ ގަޔަށް ތޫނު އެއްޗަކުން ހަަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލާގައި ކ. ގާފަރު/ ގުލްދަސްތާގޭ، ޖާޒިމް ޖައުފަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު