Saturday, October 31
ހއ. އުތީމުގައި ޕޮލިސް ޕޯސްޓްގެ ބިންގާ އަޅައިފި

ހއ. އުތީމުގައި ޕޮލިސް ޕޯސްޓްގެ ބިންގާ މިއަދު އަޅައިފި އެވެ.

ބިންގާ އަޅައިދެއްވީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމައްޗަށް ކުރައްވާ ދަތުރުގެ ތެރެއިން އުތީމަށް ވަޑައިގަތުމާ އެކީގަ އެވެ.

އުތީމް ޕޮލިސް ޕޯސްޓުގެ ބިންގާ އަޅުއްވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނެވެ. އެމަނިކުފާނު އަރިހުގައި ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާއު އާއި އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ.

ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ފުލުހުންގެ ހިދުމަތުން އަންނަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަން ހެދުމާއި، ޕޮލިސް ޕޯސްޓް އަދި ޕޮލިސް ޑެސްކްތައް ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު