Saturday, October 31
ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދޭނެ ކަމުގައި ރައީސް ވިދާޅުވެއްޖެ

ހ.އ ފިއްލަދޫގެ ތަރައްޤީއަށް އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެކަމަކީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ފިއްލަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި މިއަދު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ފިއްލަދޫއަކީ ބިން ބޮޑު އަދި ސަރަހައްދީ ގޮތުންވެސް ގިނަ ބަޔަކަށް ފައިދާތަކެއް ލިބޭނެފަދަ ސަރަހައްދެއްގައި އޮތް ރަށެއްކަމަށާއި، އެރަށަކީ ތަރައްޤީގެ ފުރުޞަތު ވަރަށް ބޮޑު ރަށެއްކަށެވެ.

ފިއްލަދޫގެ ތަރައްޤީއިން ދިވެހި ގިނަ ރައްޔިތުންނަށް ފައިދާތަކެއް ކުރާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މި ސަރަހައްދުގެ އިންޓަނޭޝަނަލް އެއާޕޯޓު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށާއި، ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށްވެސް ފިއްލަދޫ އަކީ މުހިންމު ރަށެއް ކަމަށެވެ.

އަދި ފިއްލަދޫގެ ތަރައްޤީއަށް އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެކަމަކީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ރަށަށް ބޭނުންވާ ތަރައްޤީގެ ކަންކަމުގެ ތެރޭގައި ހިމެނޭ ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާވެސް ވަކި ތަރުތީބަކުން ކުރިއަށްގެންދެވުން ކަމުގައި ރައީސް ވިދާޅުވިއެވެ.

އިޤްތިޞާދީ ގޮތުން ހއ އަދި ހދ އަތޮޅުގެ ފަތުރުވެރިކަން ކުރިއަށްގެންދިއުމަށް ސަރުކާރުން އިސްނަގައިގެން ފުރުޞަތުތައް ފަހިކުރުމަށް މަސައްކަތްތައް ކުރިއަށްގެންދަވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު