Saturday, October 31
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިގެން ނުވާނެ: ޝާހިދު
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިގެން ނުވާނެ ކަމުގައި އެމްޑީޕީގެ ރައީސް، ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިއަދު ކުރެއްވި ޕޯސްޓެއްގައި އިތުރަށް ވިދާޅުވީ ދިއްދޫ ރައްޔިތުން ބަސް ބުނަން ތެދުވީމާ އެކަން ހުއްޓުވުމަށް ސަރުކާރުން ކަންކަން ކުރުމަކީ ހައްލެއް ނޫން ކަމަށާއި، ދިވެހިން އަޑު އިއްވާނެ ކަމަށެވެ. ޝާހިދު މިހެން ވިދާޅުވިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ދިއްދޫއަށް ވަޑައިގަތުމުގެ ކުރިން، އެމަނިކުފާނާ ދެކޮޅަށް ބައެއް ރައްޔިތުން ޝުޢޫރު ފާޅުކޮށް ރޭ ދެމި ބެނާތައް ބަޔަކު ކަނޑާލައިފިއެވެ. މި ބެނާތައް ދެމީ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންނެވެ. ދިއްދޫގައި ދެމި ބައެއް ބެނާތަކަކީ އިޖުތިމާޢީ މިންގަޑުތަކަށް ނުފެތޭ ބަހުރުވަ ބޭނުންކޮށްފައި ހުރި ތަކެތި ކަމުން، އެ ބެނާތައް ނެގުމަށް ފުލުހުން ވަނީ އިއްޔެ އަންގައިފައެވެ. މި ސަރުކާރުން ދިއްދޫގެ ތަރައްޤީއަށް ވެފައިވާ ވަޢުދުތައް ފުއްދާފައި ނުވާ ކަމުގެ ޝަކުވާތައް އެ ރަށު ބައެއް ރައްޔިތުން ދަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު