Saturday, October 31
ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ފަސޭހައިން ބޭރު ފައިސާ މާރުކުރެވޭ ޕްލެޓްފޯމެއް ތަޢާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ފަސޭހައިން ބޭރު ފައިސާ މާރުކުރެވޭ ޕްލެޓްފޯމެއް ތަޢާރަފްކޮށްފިއެވެ.

މިގޮތުން އެ ބޭންކުން މިއަދު ބުނީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުން ބޭރުފައިސާ މާރުކުރުމަށް އެކުލަވާލައިފައިވާ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ބޭރު ފައިސާ މާރުކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި، މިއީ ފޮރިން ކަރަންސީ އެކްޓް (32/2024) އަދި އެމްއެމްއޭގެ ކަރަންސީ ރެގިއުލޭޝަން (2024/R-91) އާ އެއްގޮތްވާ ގޮތުގެ މަތިން ފެށި ޚިދުމަތެއް ކަމަށެވެ.

މިގޮތުން މި ޕްލެޓްފޯމްގެ ޒަރީއާއިން ވިޔަފާރިތަކަށް މަތީގައި ބަޔާންކޮށްފައިވާ ޤާނޫނާއި ގަވާއިދުގެ ދަށުން މާރުކުރަން ޖެހޭ (މެންޑޭޓަރީ އެކްސްޗޭންޖް) ހުރިހާ މުޢާމަލާތެއް ފަސޭހަކަމާއެކު ޓްރެކްކޮށް ރިވިއު ކުރުމަށް އެކްޓިވިޓީ ރިޕޯޓުން ފެންނާނެ ކަމަށާއި، ޕްލެޓްފޯމު މެދުވެރިކޮށް ބޭންކަށް ޑޮލަރު މާރުކުރާނީ (ބޭންކުން ޑޮލަރު ގަތުން) 15.42 ރުފިޔާ އަށް ކަމަށް ބޭންކުން ބުނެއެވެ. މިއީ ބޭންކުން ޑޮލަރު ވިއްކާ އަގެވެ.

ބީއެމްއެލް އިން ބުނީ މި އޮންލައިން ޕްލެޓްފޯމް ޤާއިމުކުރުމުގެ މަޤުޞަދަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ލާޒިމްކޮށްފައިވާ ބޭރު ފައިސާ މާރުކުރުމަށް މަގުފަހިކޮށްދީ، ވީހާވެސް ފަސޭހަކަމާއެކު މި ޚިދުމަތް ލިބޭނެ ގޮތް ހެދުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު