Saturday, October 31
ރަސްމީ ދަތުރުފުޅެއްގައި ވަޒީރު ޑރ. ހައިދަރު ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފި
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދު، ރަސްމީ ދަތުރުފުޅޭއްގައި ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ. ސަޢޫދީގެ ވެރިރަށް ރިޔާދަށް ވަޑައިގެންނެވުމުން ވަޒީރު ޑރ. ހައިދަރަށް މަރުޙަބާ ދެންނެވީ އެ ޤައުމުގެ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް އެންޑް ސޯޝަލް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަދި ރާއްޖެއިން ސަޢޫދީ ޢަރަބިއްބާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަޙްމަދު ސަރީރެވެ. މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިއީ ސަޢޫދީގެ މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް، އަޙްމަދު ބިން ސުލައިމާން އަލްރާޖްޙީގެ ދަޢުވަތަކަށް ގްލޯބަލް ލޭބަރ މާކެޓް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ކޮންފަރެންސް އޮންނާނީ މި ޖަނަވަރީ މަހުގެ 28 އިން 30 އަށެވެ. ވަޒީރު ޑރ. ހައިދަރުގެ މި ދަތުރުފުޅުގައި މިނިސްޓީރިއަލް ރައުންޑްޓޭބަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި މިނިސްޓަރގެ އަރިހުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، ޑރ. ޢަބްދުﷲ ނަޒީރުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު