Saturday, October 31
ޓްރާންސްޕޯޓް މިނިސްޓްރީގެ ކޯލް ސެންޓަރުގެ ޚިދުމަތް މެދުކެނޑިއްޖެ
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ކޯލް ސެންޓަރުގެ ޚިދުމަތްތަކަށް ބުރޫ އަރައިފިއެވެ. އެ ވުޒާރާއިން ބުނީ ޓެކްނިކަލް މައްސަލައެއް ކުރިމަތިވުމާ ގުޅިގެން، އެ ވުޒާރާގެ ކޯލް ސެންޓަރުގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑިފައިވާ ކަމަށެވެ. މީގެ އިތުރުން މި ވަގުތު، 1511 އަށް ގުޅައި ކޯލްބެކް އަކަށް އެދުމުން، މައްސަލަ ޙައްލުވުމާއެކު ވީ އެންމެ އަވަސް ފުރުޞަތެއްގައި އެ ވުޒާރާގެ މުވައްޒަފުން އެ ފަރާތަކަށް ގުޅައި، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. "މި ފުރުސަތުގައި މި މިނިސްޓްރީއަށް ތިޔަ ދެއްވާ އެއްބާރުލެއްވުމަށްޓަކައި، އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަން"، އެ ވުޒާރާއިން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ޢަލީ - 2025-01-29T12:49:36

    އެކެއް ޖައްސަވާ ދޭއްޖައްސަވާ.....ހާހާހާ.....ކަމުން ރެކެންކުރާކަމެއް....އެންމެ ފޯނެއް ބަހައްޓާފަ ރަސްމީ ގަޑީގައި ދެކުއްޖަކު ބައިތިއްބާ...ފޯނުއައީމާ އެކަމާގުޅޭ ސެކްޝަނަށް ޕާސްކޮށްލައްވާ..އެތަނުން އެއްކުއްޖަކު ވަގުތުން އެސެކްޝަނަށް އެޓެންޑްވެ ފޯނަށް ޖަވާބުދޭތޯ ޗެކްކުރައްވާ...ކުރީގައި ހޯމް މިނިސްޓްރީގައި އެކަން ކުރީ އެހެން....ބަރާބަރަށް އެކަން ހިނގި.