Saturday, October 31
އޭސީސީން ތިނަދޫ ސިޓީ ކައުންސިލްގެ މުދާތައް ނެގިކަމަށް ތުހުމަތުކޮށްފި

ތިނަދޫ ސިޓީ ކައުންސިލްގެ މެންބަރުންގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކަކާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަޙުޤީޤަށް އެ ކައުންސިލްގެ އިދާރާއަށް ވަނުމުން، އެ ކައުންސިލުން އޭސީސީގެ މައްޗަށް ވައްކަމުގެ ތުހުމަތުކޮށްފިއެވެ.

މިގޮތުން ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ސިޓީ ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި އޭސީސީގެ ނަމުގައި އައި ބަޔަކު ވަގަށް ނަގާފައިވާ ކަމަށެވެ. އަދި މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި ބަލަމުންދާތީ ކައުންސިލްގެ ބައެއް ޚިދުމަތްތައް މެދުކެނޑިފައިވާ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ތިނަދޫ ކައުންސިލުން ވައްކަން ކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، މިހާތަނަށް ބެލިބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު