Saturday, October 31
ނޫސްވެރިކަމާއި އިންޓަރނެޓް ރެގިއުލޭޓް ކުރަން ސަރުކާރުން މަސައްކަތެއް ނުކުރޭ: ހީނާ
ނޫސްވެރިކަމާއި އިންޓަރނެޓް ރެގިއުލޭޓް ކުރަން ސަރުކާރުން މަސައްކަތެއް ނުކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ ނޫސްވެރިކަމާއި އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތަޢާރަފް ކުރާކަށް ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް އެފަދަ ބިލެއް ހިމެނިފައި ނުވާނެ ކަމަށެވެ.

"ކުރިއަށްއޮތް ތަނުގައިވެސް އެފަދަ ބިލެއް ތަޢާރަފް ކުރުމުގެ ވިސްނުމެއް ނެތް."

މީގެ އިތުރުން ހީނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކުރިންވެސް ހާމަކުރައްވާފައިވާ ގޮތަށް މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން ކަމަށެވެ. އަދި މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ޤާއިމްކޮށް ދެމެހެއްޓުން ކަމަށްވެސް ހީނާ ވިދާޅުވިއެވެ. ހީނާ މިހެން ވިދާޅުވިއިރު، ނޫސްވެރިކަމާއި އިންޓަރނެޓު ރެގިއުލޭޓްކުރާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޒިމް ވަނީ ވިދާޅުވެފައެވެ. މިގޮތުން ސަން އޮންލައިންގެ "އެޑިޓަރުގެ ސުވާލު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެ ބިލުގެ މަސައްކަތް ކުރަމުން އަންނަތާ ދެ މަހެއްހާ ދުވަސް ވެފައިވާ ކަމަށާއި، މަޖިލީހުގެ އައު ދައުރު ހުޅުވުމުން މަޖިލީހަށް ބިލު ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު