Saturday, October 31
މިއަދު މެންދުރުފަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
މާލޭ ސިޓީގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ. މިގޮތުން ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، އަބަދަށްފެހި މަގު، މެދުޒިޔާރަތް މަގު، ކަރަންކާ މަގު އަދި ގުލޭނޫރަން މަގު ހިމެނޭ ސަރަޙައްދުން މިއަދު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ ކަސްޓަމަރުންގެ ކިބައިން މަޢާފަށްވެސް އެދިފައެވެ. މިއަދު ހެނދުނު 9:30 އާއި 11:30 އާ ދެމެދުވެސް ސްޓެލްކޯ އިން ވަނީ މާލޭ ޗާންދަނީ މަގު، ދީދީ ގޯޅި އަދި ސައްޔިދުކިލެގެފާނު މަގު ހިމެނޭ ސަރަހައްދުގައި އެ ކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ. އެ ސަރަހައްދުންވެސް އެ ވަގުތުތަކުގައި ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވަނީ އިއްޔެ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު