Saturday, October 31
ޗައިނާއާއި ވާދައަށް އިންޑިއާއިން ޑޭމެއް އަޅަނީ

އިންޑިއާ އިން ޗައިނާ އާއި ވާދައަށް ޑޭމް އެއް  އެޅުމަށް ނިންމައިފިއެވެ. އިންޑިއާއިން މި ޑޭމް އެޅުމަށް ނިންމާފައިވަނީ ދެގައުމުގެ މެދުގައި  ހަމަނުޖެހުން ބޮޑު ހިމާލިޔަން ބޯޑަރުގެ ސީޔާންގ ނަމަކަށް ކިޔުނު ކޯރުގައެވެ.

ރިޕޯޓުތައް ބުނާގޮތުން މިއީ ޗައިނާއިން އެޤައުމުގެ ޓިބެޓުގެ ސިޔާންގ ކޯރުގައި  އަޅަމުންދާ ދުނިޔޭގެ އެންމެ ބޮޑު ޑޭމް އާއި ވާދައަށް  އިންޑިއާ އިން  އަޅަން ނިންމި ޑޭމް އެކެވެ.

ނަމަވެސް އެ ސަރަހައްދުގެ ދަނޑުވެރިން ދަނޑުބިންތަކަށް  ފެން ހޯދުމަށް ޒަމާނުއްސުރެ ބަރޯސާވެފައި ވަނީ މި ކޯރުން ކަމަށްވުމުން ، ޑޭމް އަޅައިފިނަމަ ބޮޑެތި ގެއްލުންތަކެއް ވާނެކަމަށް ދަނޑުވެރިންގެ ފަރާތުން ދަނީ ބުނަމުންނެވެ. މިގޮތުން މަދުވެގެން 20 އަވަށް އެއްކޮށް  ފެނަށްޖެހި ، ގެދޮރުދޫކޮށް ދާންޖެހޭނެކަމަށް ދަނޑުވެރިންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ. އަދި ކާބަފައިންގެ ޒަމާނުއްސުރެ އެ ސަރަހައްދު މީހުން މި ކޯރު ދެކެނީ  މުޤައްދަސްތަނެއްގެ ގޮތުގައި ކަމަށްވެސް އެފަރާތުން ބުނެފައި ވެއެވެ.

އެހެންކަމުން ޑޭމް އެޅުމާ ދެކޮޅަށް  ނުރުހުން ފާޅުކޮށް އެތައް ބަޔަކު ވަނީ އިހްތިޖާޖްވެސް ކޮށްފައެވެ. އަދި ސަރުކާރުން ޑޭމްގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް އިހްތިޖާޖުކުރި  މީހުން ވަނީ އެދިފައެވެ.

ނަމަވެސް ސަރުކާރު ހިންގާ މައި ޕާރޓީން ބުނެފައިވަނީ މި ޑޭމްގެ އަސްލު މަޤްސަދަކީ ޗައިނާގެ ކިބައިން ކޯރު ސަލާމަތްކުރުން ކަމަށެވެ.

އިންޑިއާ ސަރުކާރުން ވަނީ މި މަޝްރޫޢުއަށް  ބިލިއަނުން ޚަރަދުކުރުމަށް ނިންމާފަ އެވެ. މި ޑޭމް ވެގެންދާނީ އިންޑިއާގެ މިފަދަ އެންމެ ބޮޑު މަޝްރޫޢަށެވެ.

މި މަޝްރޫޢު ފުރަތަމަ ހުށަހެޅުނީ 2017 ވަނަ އަހަރުގަ އެވެ. ސަރުކާރުގެ އޮފިޝަލުން ބުނެފައި ވަނީ މި މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފީސިބިލިޓީ ސާރވޭތައް މިހާރު ކުރިއަށްދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު