Saturday, October 31
ސީޖީ ޝަމްޢާން ސަޢޫދީ ޢަރަބިއްޔާގެ ޖެނެރަލް ޑައިރެކްޓަރޭޓް އޮފް ޕާސްޕޯޓްސް އާ ބައްދަލުކުރައްވައިފި
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާދަށް ވަޑައިގެންފިއެވެ. މިއީ ސަޢޫދީގެ ޖެނެރަލް ޑައިރެކްޓަރޭޓް އޮފް ޕާސްޕޯޓްސްގެ ދަޢުވަތަށް ޝަމްޢާން ކުރައްވާ ދަތުރުފުޅެކެވެ. މިގޮތުން މި ދަތުރުފުޅުގެ ތެރެއިން ޝަމްޢާން ވަނީ، ސަޢޫދީގެ ޖެނެރަލް ޑައިރެކްޓަރޭޓް އޮފް ޕާސްޕޯޓްސް، މޭޖަރ ގެނެރަލް ޑރ. ސަލޭހް އަލްމިރްބާ އާއި އެ އިދާރާގެ އެހެނިހެން އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި، އިމިގްރޭޝަން އޮފިސަރުންނަށް ތަމްރީން ކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި އިންޓެލިޖެންސް ހިއްސާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދަށް ސަޢޫދީން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ. މީގެ އިތުރުން، މި ދަތުރުގެ ތެރެއިން ވިސާ ދޫކުރުމާއި، ބޯޑަރު ބެލެހެއްޓުމާއި ހުނަރުތައް ތަރައްޤީކުރުމާ ގުޅޭގޮތުން މުހިންމު މަޢުލޫމާތުތަކެއް ވަފުދުގެ ބައިވެރިންނަށް ލިބިފައިވާ ކަމަށް އެ މުއައްސަސާއިން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު