Saturday, October 31
ބީއެމްއެލް އިސްލާމިކްގެ 10 ކަސްޓަމަރަކަށް ޙައްޖު ދަތުރު ލިބޭ ޚާއްޞަ ޕްރޮމޯޝަނެއް!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްގެ 10 ކަސްޓަމަރަކަށް ޙައްޖު ދަތުރު ލިބޭ ޚާއްޞަ ޕްރޮމޯޝަނެއް އެ ބޭންކުން ފަށައިފިއެވެ.

އިން 10 ކަސްޓަމަރުންނަށް ހައްޖު ދަތުރު ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ. މި ދަތުރުގެ ހުރިހާ ހަރަދެއް ބޭންކުން ފޯރުކޮށްދޭނެއެވެ.

ބީއެމްއެލް އިން ބުނީ ބީއެމްއެލް އިސްލާމިކްގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ޚިދުމަތް ބޭނުން ކުރަން ފަށާ ކަސްޓަމަރުންގެ ތެރެއިން ފައިނޭންސިންގ ފެސިލިޓީއެއް ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި، މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށާއި، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑެއް ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށާއި، މި ޕްރޮމޯޝަންގެ ދަށުން ހޮވޭ ނަސީބުވެރިންނަށް ޙައްޖު ދަތުރުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދޭނީ ބޭންކުން ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ 23 ޖަނަވަރީ 2025 އިން ފެށިގެން 30 ނޮވެންބަރު 2025ގެ ނިޔަލަށް ކަމަށް އެ ބޭންކުން ބުނެއެވެ.

ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް އިސްލާމިކުން އެކައުންޓް، ކާޑު އަދި ފައިނޭންސިން ޚިދުމަތްތައް ހިމެނޭހެން ހުރިހާ އިސްލާމިކް ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދެއެވެ. މި ބޭންކަކީ އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިންގ، ކޭޝް ފައިނޭންސިން، ހައިބްރިޑް ހޯމް ފައިނޭންސިން، އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތަޢާރަފްކުރި ބޭންކެވެ. މީގެ އިތުރުން ބީއެމްއެލް އަކީ ރާއްޖޭގައި ހަމައެކަނި ޝަރީޢާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑުގެ ޚިދުމަތްދޭ ބޭންކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު