Saturday, October 31
ރާއްޖޭގައި ރޫހާނީ ފަރުވާ ދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ރާއްޖޭގައި ރޫހާނީ ފަރުވާ ދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ފުލުހުންނާއި ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި، ރޫހާނީ ފަރުވާ ދޭން އުޅުނު ބަޔަކު ހިފާ ހައްޔަރުކުރެވިފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިއާ އަށް ނިސްބަތްވާ ތިން ފިރިހެނުން ކަމަށާއި، އެ މީހުން ޑީޕޯޓުކޮށްލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މިތިން މީހުން ހައްޔަރުކޮށްފައިވާ އިރު، ހިންދޫ ދީނުގެ ފާދިރީއަކު ރާއްޖޭގައި ރޫހާނީ ފަރުވާ ދެމުންދާ ކަމަށް ބުނެ އިޝްތިހާރުކުރަމުންދާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބަލަން ފަށައިފައެވެ.

ފުލުހުން ބުނީ "މާސްޓަރ ރާއޯ ގުރުޖީ" ނަމަކަށް ކިޔާ މީހާކު ރޫހާނީ ފަރުވާގެ ޚިދުމަތް ދޭ ކަމަށް ބުނެ މީސްމީޑިއާގައި އިޝްތިހާރު ކުރަމުންދާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ދިވެހި ސަގާފަތާއި ދީނާ ޚިލާފު މިފަދަ ކަންކަމުގެ މަޢުލޫމާތު އެކަކު އަނެކަކާ ހިއްސާކުރުމުގެ ބަދަލުގައި، ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް، ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ނަން - 2025-01-22T17:44:42

    ރަގަޅަށް ބަލައިފިއްޔާ ތިޔަ މީހުން ކުރަން އައި ހުރިހާ ކަމެއް ނިމުނީމަ ތިޔަ ފުރުވާލަނީ