Saturday, October 31
ހުޅުދުއްފާރުގައި ބީއެމްއެލް އާއި އެމްއައިބީގެ އޭޓީއެމްތައް ޤާއިމުކުރަނީ

މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމްތައް ޤާއިމުކުރުމުރާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުޅުދުއްފާރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.

މިގޮތުން ހުޅުދުއްފާރުގައި އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތް، ރ. ހުޅުދުއްފާރު ކައުންސިލާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ހުޅުދުއްފާރު ކައުންސިލްގެ ރައީސް، މުޙައްމަދު އާޠިފެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ، ބަދުރުއްދީން ޙަސަނެވެ.

މީގެ އިތުރުން، ޚިދުމަތް، ރ. ހުޅުދުއްފާރަށް ތަޢާރަފުކޮށްދެއްވައި، ޚިދުމަތް އިފްތިތާޙުކޮށްދެއްވުމުގެ އެއްބަސްވުމުގައި އެ ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުފައްދަލް އިދުރީސެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ހުޅުދުއްފާރު ކައުންސިލްގެ ރައީސް، މުޙައްމަދު އާޠިފެވެ.

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. މިގޮތުން ރ. އަނގޮޅިތީމު، ރ. ވާދޫ އަދި ރ. ރަސްގެތީމުގައި ބީއެމްއެލްގެ އޭޓީއެމެއް ބަހައްޓަން އެ ރަށްރަށުގެ ކައުންސިލްތަކާ އިއްޔެ ވަނީ ހަވާލުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު