Saturday, October 31
ށ. ގޮއިދޫގައި އޮޓޯޕޮޓް ގްރީންހައުސް ފާމް ގާއިމްކުރުމުގެ މަޝްރޫޢު ފަށައިފި

ށ. އަތޮޅު ކައުންސިލުން ގޮއިދޫގައި އޮޓޯޕޮޓް ގްރީންހައުސް ފާމް ގާއިމު ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިފިއެވެ.

ކައުންސިލުން ބުނީ މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ އެ އަތޮޅުގައި ޒަމާނީ ދަނޑުވެރިކަން ތައާރަފްކޮށް، ރައްޔިތުން ދަނޑުވެރިކަމަށް ޝައުގުވެރިކުރުވުމެވެ.

މި މަޝްރޫއުގެ ދަށުން ގޮއިދޫގައި 1000 އަކަފޫޓުގެ 2 އޮޓޯޕޮޓް ގްރީންހައުސް ފާމް ޤާއިމްކުރެވޭނެ ކަމަށާއި މި މަޝްރޫއަށް ހަރަދުވާނީ 450,120 ރުފިޔާ ކަމަށް ކައުންސިލުން ލަފާކޮށްފައިވެއެވެ.

ށ. އަތޮޅު ކައުންސިލުން ބުނިގޮތުގައި، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ޕްރައިމް ފާރޓިލައިޒަރސް މޯލްޑިވްސްއާއެވެ. އަދި މި ފާމްތައް ހިންގައި ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވޭނީ ގޮއިދޫ ކައުންސިލާއެވެ.

މި މަޝްރޫޢުގެ ކާމިޔާބީއަށް ބަލައި، އަތޮޅުގެ އެހެން ރަށްރަށުގައިވެސް މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު