Saturday, October 31
ހުޅުމާލޭގެ މަގުތަކުން ދިގު މުއްދަތަކަށް ޕާކު ކޮށްފައި ހުރި ވެހިކަލްތައް ނަގަން ފަށައިފި

ހުޅުމާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ޕާކުކޮށްފައި ހުރި ވެހިކަލްތައް ނަގަންފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓްގައި ބުނީ ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން، ދިގު މުއްދަތަކަށް ބޭނުންނުކޮށް ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ބެހެއްޓިފައިވާ ގިނަ އަދަދެއްގެ އުޅަނދުފަހަރު ޓޯ ކުރެވިފައިވާ ކަމަށެވެ.

މި ޕްރޮގްރާމަކީ މަގުތަކުގެ ތޮއްޖެހުން ލުއިކުރުމަށާއި، ޢާންމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އަދި މަގުމަތީގައި ހިނގާބިނގާވެ އުޅޭ ޢާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މާޙައުލެއް ޤާއިމުކުރުމަށްޓަކައި ކުރިޔަށް ގެންދެވޭ ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ ޓޯ ކުރެވުނު އުޅަނދުތައް ގެންދެވިފައިވަނީ ހުޅުމާލޭގައި ހާއްސަކުރެވިފައިވާ ވަގުތީ ޕާކިންގ ސަރަޙައްދަކަށް ކަމަށެވެ.

https://twitter.com/MoTCAmv/status/1881617192896336341

އަމާން ރައްކާތެރި ތަނަކަށް މާލެ ހެދުމަށްޓަކައި މި ޕްރޮގްރާމު ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު