Saturday, October 31
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެމެރިކާ ވަކިވުމަށް ޓްރަމްޕް ނިންމަވައިފި

އެމެރިކާ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔޫ.އެޗް.އޯ) އިން ވަކިވުމަށް ނިންމަވާ އެ މަސައްކަތް ފެށުމުގެ އަމުރު އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވައިފި އެވެ.

ޓްރަމްޕް ވަނީ ޑަބްލިޔޫ.އެޗް.އޯ އިން އެމެރިކާ ވަކިވުމަށް ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގައިވެސް އަމުރު ކުރައްވާފަ އެވެ.

ޑަބްލިޔޫ.އެޗް.އޯ އިން ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ޕެންޑަމިކް އާއި ކުރިމަތިލި ގޮތާމެދު  ފާޑުވިދާޅުވެ އެދުވަސްވަރު ޑަބްލިޔޫ.އެޗް.އޯ އިން ވަކިވުމުގެ މަސައްކަތް ޓްރަމްޕް ފެއްޓެވިއެެވެ. އޭރު ޓްރަމްޕް ވިދާޅުވެފައި ވަނީ ޑަބްލިޔޫ.އެޗް.އޯ އިން ޕެންޑެމިކްގައި އިރުޝާދު ދެނީ ޗައިނާއިން އެދޭގޮތަށް ކަމަށެވެ. ނަމަވެސް އެމެރިކާގެ ނިމުނު ރިޔާސީ ދައުރުގައި ރައީސް ޖޯ ބައިޑަން ވަނީ ޓްރަމްޕްގެ މި ނިންމުން ބަދަލުކުރައްވާފަ އެވެ.

މިއީ ޓްރަމްޕް ވެރިކަމާއި ހަވާލުވި ފުރަތަމަ ދުވަހު ސޮއިކުރައްވާ ތަސްދީޤްކުރެއްވި އެތައް އަމުރުތަކުގެ ތެރެއިން އެއް އަމުރެވެ.

މިފަހަރު އެމެރިކާ ޑަބްލިޔޫ.އެޗް.އޯ އިން ރަސްމީކޮށް ވަކިވުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ.

ދުނިޔޭގެ އާންމު ސިއްހަތާބެހޭ މާހިރުން ވަނީ ޑަބްލިޔޫ.އެޗް.އޯ އިން ވަކިވުމަށް ޓްރަމްޕް ނިންމެވި ނިންމެވުމާމެދު ފާޑުވިދާޅުވެ، މިކަމުގެ ސަބަބުން  އެމެރިކާގެ ރައްޔިތުންގެ ސިއްހަތަށް އަސަރު ކުރާނެކަމަށް ބުނެ އިންޒާރުދީފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު